ސަމްޑޯރިއާ އަތުން މިލާނަށް ހަނި މޮޅެއް
އިޓާލިއަން ސީރިއާ އޭގައި އޭސީ މިލާން ކުޅުނު ފުރަތަމަ މެޗުގައި ސަމްޑޯރިއާ އަތުން ހަނިގޮތަކަށް މޮޅުވެއްޖެއެވެ. ހޯމަ ދުވަހުގެ ރޭ ސަމްޑޯރިއާގެ ދަނޑުގައި ކުޅުނު މި މެޗު މިލާނުން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއިންނެވެ. ދެ ޓީމްގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ލަނޑުޖަހާނެ ރަނގަޅު ފުރުޞަތެއް މެޗުގެ ވަރަށް ކުރީކޮޅު މިލާންގެ ރަފޭލް ލެއޯއަށް ވަނީ ލިބިފައެވެ. އޭނާ ސަމްޑޯރިއާގެ އޭރިއާގެ ތެރެއަށް ވަދެ ފޮނުވާލު ބާރު ހަމަލާ […]