15 އަދި 16 ވަނަ ޓަވަރުގެ ލިފްޓު ކޮމިޝަންކޮށް މާދަމާ ކަރަންޓު ދޭނެ
ހިޔާ ފުލެޓުގެ 15 އަދި 16 ވަނަ ޓަވަރުގެ ލިފްޓު ކޮމިޝަންކޮށް ނިންމާފައިވާ ކަމަށާއި، މާދަމާ އެ ދެ ޓަވަރަށް ކަރަންޓު ދޭނެކަމަށް ސްޓެލްކޯއިން ބުނެފިއެވެ. ސްޓެލްކޯ އިން މިއަދު ބުނީ ހިޔާގެ 15 އަދި 16 ވަނަ ޓަވަރުގެ ލިފްޓު ކޮމިޝަންކޮށް ނިންމައި، ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެ ދެ ޓަވަރަށް ކަރަންޓުދިނުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހުއްދަ ދީފައިވާ ކަމަށެވެ. އެހެންކަމުން މާދަމާ އެ ދެޓަވަރަށް ކަރަންޓު ދޭނެ ކަމަަސް އެ ކުންފުނިން ބުންޏެވެ. […]