އަލީ ވަހީދު އިނގިރޭސިވިލާތުގައި ހުންނެވީ އޮޕަރޭޝަނަކަށް: ވަކީލުން
ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު އިނގިރޭސިވިލާތުގައި ހުންނެވީ މައިބަދައިގެ އޮޕަރޭޝަނެއް ކުރެއްވުމަށް ކަމަށް އޭނާ ވަކީލުންގެ ޓީމުން ހާމަކޮށްފިއެވެ. އިނގިރޭސިވިލާތުގައި އޭނާ ހުންނަވާޓާ ގިނަ ދުވަސްތަކެއްވެ ވިސާ ހަމަވެފައިވާތީ އެ ގައުމުން ވަނީ އަލީ ވަހީދު ހައްޔަރުކޮށްފައެވެ. އަލީ ވަހީދު ހައްޔަރުކޮށްފައި މިވަނީ ދިވެހި ފުލުހުން ވެސް އޭނާ އަނބުރާ ރާއްޖެ ގެނައުމަށް އިންޓަޕޯލްގެ އެހީތެރިކަމަށް އެދިފައިވަނިކޮށެވެ. އަލީ ވަހީދު ހައްޔަރުކުރުމުން އޭނާ އެގައުމުގެ ފުލުހުންގެ އެހީތެރިކަމަށް އެދިފައިވާ ކަ...