ކޯވިޑް ޖެހިގެން ގދ. ކޮވިޑް ފެސިލިޓީން މީހަކު ނިޔާވެއްޖެ
ގދ. އަތޮޅު ކޮވިޑް ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ ކޮވިޑް-19 ބަލި މީހަކު ނިޔާވެއްޖެއެވެ. އެޗްޕީއޭއިން ބުނީ ނިޔާވީ އުމުރުން 90 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އަދި އެމީހާ ނިޔާވީ މިއަދު އިރު އޮއްސި 6:30 ހާއިރު ކަމަށެވެ. މިއީ ރާއްޖެއިން މި ބަލީގައި ނިޔާވި 226 ވަނަ މީހާއެވެ. ރާއްޖޭގައި ކޮވިޑް-19ގެ ހާލަތަށް ބަލާއިރު މޭ މަހު ހަތަރު ވަނަ ރާޅެއް ބިންދާލައި އެ ރާޅުން އަރައިގަނެވިފައިވާތާ މަހަކަށް ވުރެ ގިނަ ދުވަސް ވަނީ […]