ޑިމޮކްރަސީން ލިބިދޭ ހައްގުތައް ކަށަވަރުކޮށްދޭނަން: ރައީސް
ކޮންމެ ހާލެއްގައި ވެސް މި ސަރުކާރުން މަސައްކަތްކުރަމުން އަންނަނީ ޑިމޮކްރަސީން ކަށަވަރުކޮށްދޭ ހައްގުތައް ލިބިދިނުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މި އަހަރުގެ ބައިނަލްއަގްވާމީ ޑިމޮކްރެސީ ދުވަހުގެ މުނާސަބަތުގައި ދިވެހި އެންމެހާ ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ހިތާބުގައެވެ. އެމަނިކުފާނު ވިދާޅުވީ ގާނޫނުއަސާސީން ކަށަވަރުކޮށްދޭ އެންމެހައި އަސާސީ ހައްގުތަކަށް މި ސަރުކާރުން އަބަދުވެސް އިޙްތިރާމްކޮށް، އެ ހައްގުތައް ލިބިދެވޭކަން...