ސްޓެލްކޯއިން ޕްލާސްޓިކް ފުޅީގައި ފެން ބަންދުކުރުން ހުއްޓާލައިފި
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ޕްލާސްޓިކް ފުޅީގައި ފެން ބަނދުކުރުން ހުއްޓާލައިފިއެވެ. އެ ކުންފުނިން ވަނީ ”ފެހި ދިރިއުޅުން“ ޕްރޮގްރާމްގެ ދަށުން މި އަހަރުގެ އެޕްރީލް މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އެ ކުންފުނީގެ 35 އިންޖީނުގެއަކީ އެއް ފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ނުވަތަ ސިންގަލް ޔޫސް ޕްލާސްޓިކް ވެއްދުން މަނާ ތަންތަނަށް ހަދާފައެވެ. މި ނިންމުމާއެކު، ކައިރި މުސްތަގުބަލެއްގައި އެ ކުންފުނީގެ ”ސްޓެލްކޯ ފެން“ ބްރޭންޑްގެ ދަށުން ޕްލާސްޓިކް ފުޅީގައި ބަންދުކޮށްގެން […]