ޔަންގް ބޯއީސް އަތުން ފަހުވަގުތު ޔުނައިޓެޑް ބަލިވެއްޖެ
ޔޫރަޕްގެ ކުލަބްތަކުގެ މެދުގައި ކުޅެވޭ އެންމެ ޝަރަފްވެރި އެއް މުބާރާތް ކަމުގައިވާ ޔުއެފާ ޗެމްޕިއަންސް ލީގު އަންގާރަ ދުވަހުގެ ރޭ ފަށާފައިވާއިރު ފުރަތަމަ މެޗުގައި ސްވިޒަލޭންޑްގެ ޗެމްޕިއަން ޔަންގް ބޯއީސް އަތުން މެންޗެސްޓާ ޔުނައިޓެޑް ބަލިވެއްޖެއެވެ. ޔަންގް ބޯއީސްގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 2-1 ގެ ނަތީޖާއަކުންނެވެ. މެޗު ފަށައިގެން ޔުނައިޓެޑްގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. މިގޮތުން އެ ޓީމުން ވަނީ މެޗުގެ 13 […]