ފުރަތަމަ ބާ އިމްތިހާނު އޮންނާނީ އަންނަ އަހަރު
ދިވެހިރާއްޖޭގެ ބާ ކައުންސިލުން ބާއްވާ ފުރަތަމަ ބާ އިމްތިޙާނު އޮންނާނީ އަންނަ އަހަރު ކަމަށް އެ ކައުންސިލުން ހާމަކޮށްފިއެވެ. ބާ ކައުންސިލުން ރޭ އާންމުކުރި ނޫސްބަޔާނެއްގައި ބުނީ ދިވެހިރާއްޖޭގެ ބާ ކައުންސިލުން އިންތިޒާމްކުރާ ފުރަތަމަ ބާ އިމްތިޙާނާގުޅޭ ގޮތުން ގިނަ ފަރާތްތަކަކުން މަޢުލޫމާތު ފޯރުކޮށްދިނުމަށް އެދެމުން އަންނަކަމަށެވެ. އެހެންކަމުން ބާ އިމްތިޙާނުގެ ކަންކަން އިންތިޒާމުކުރުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކާއެކު ކުރިއަށްދާ ކަމަށް އެ ކައުންސިލުން ބުނެފަވެއެވެ. އަދި ފުރަތަމަ ބާ އިމްތިޙާނު ބޭއް...