ހިރިލަންދޫ ސްކޫލް ބެލެނިވެރިން މިއަދުވެސް އަޑު އުފުލަނީ
ތ. ހިރިލަންދޫގައި މިއަދުވެސް ދަރިވަރިން ސްކޫލަށް ނުފޮނުވާ ބެލެނިވެރިން ސްކޫލް ދޮށުގައި އިހުތިޖާޖްކުރަމުން އެބަދެއެވެ. ވިއްސާރަވާ ދުވަސްދުވަހު ސްކޫލްގެ ހާލަތު ހުންނަ ގޮތުން ކުދިންނަށް ކިޔަވަން ދަތިވާކަމަށްބުނެ، ނިމިގެންދިޔަ ހަފްތާގެ ބުދަ ދުވަހު ބެލެނިވެރިން ވަނީ ސްކޫލް ގޭޓްގައި ތަޅު އަޅުވާފައެވެ. މިދިޔަ ބުރާސްފަތި ދުވަހު ވެސް އެ ސްކޫލްގެ ބެލެނިވެރިން ދަރިން ސްކޫލަށް ފޮނުވާފައެއް ނުވެއެވެ. ސްކޫލްގައި ޖާގައިގެ ދަތިކަން ހުރި އިރު، އެކަށީގެން މިންވަރެއްގައި މިކަންތައްތަކަށް ހައްލެއް ލިބިފައިނުވާކަމަށ...