އަމީން ދޫކޮށްލި މައްސަލަ ސުޕްރީމް ކޯޓަށް
އައިއެސް ޖަމާއަތުގެ ރާއްޖޭގެ ލީޑަރު ކަމަށް ބުނާ ޏ. ފުވައްމުލައް، މާދަޑު، ކަރިއްޔާވިލާ، މުހައްމަދު އަމީންގެ މައްޗަށްކޮށްފައިވާ ޓެރަރިޒަމްގެ ދައުވާތައް ހައިކޯޓުން ބާތިލުކުރި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފިއެވެ. އަމީންގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ޓެރަރިޒަމްގެ އަމަލެއް ކުރަން ރޭވުމުގެ ކުށުގެ ދައުވާ އާއި ޓެރަރިސްޓު ޖަމާއަތެއްގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ. އަމީނަށް ކުރި ދައުވާތައް ހައިކޯޓުން މިދިޔަ ބުދަ ދުވަހު ބާތިލްކޮށްފައި ވަނީ ދައުވާކުރަން ކަނޑައެޅި މުއްދަތުގައި ދައު...