ސަޕޯޓަރުންގެ އެދުމަށް، ރާއްޖެ އާއި ލަންކާ ވާދަކުރާ މެޗުގެ އިތުރު 1000 ޓިކެޓް ދޫކުރަނީ
ދިވެހި ޤައުމީ ފުޓު ބޯޅަ ޓީމުގެ ސަޕޯޓަރުންގެ އެދުމަށް، މިހާރު ރާއްޖޭގައި ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕް މުބާރާތުގައި ރާއްޖެ އާއި ލަންކާ ވާދަކުރާ މެޗުގެ އިތުރު 1000 ޓިކެޓް ދޫކުރަން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނިންމައިފި އެވެ. މީޑިއާ ތަކަށް މައުލޫމާތު ދެއްވަމުން އެފްއޭއެމް އިން ވިދާޅުވީ ދިވެހިރާއްޖޭގައި މި މަހުގެ 1-އިން 16 އަށް ކުރިއަށްދާ ސާފް ޗެމްޕިއަން ޝިޕް ފުޓްބޯޅަ މުބާރާތުގައި ލަންކާ އަދި ރާއްޖެ ވާދަކުރާ މެޗް ބެލުމަށް ކުޅުންތެރިންގެ […]