ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، އ.ދ.ގެ ޢާންމު މަޖިލީހުގެ ރައީސް ފުރާވަޑައިގެންފި
ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، އެކުވެރި ދައުލަތްތަކުގެ ޢާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރައީސް، ނ.ޢ.ޢ.ވ ހިޒް އެކްސެލެންސީ ޢަބްދުﷲ ޝާހިދު ފުރާވަޑައިގެންފި އެވެ. ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ދަޢުވަތަކަށް، ދިވެހިރާއްޖެއަށް ކުރެއްވި 4 ދުވަހުގެ ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ފުރާވަޑައިގަތީ މިރޭގެ ވަގުތެއްގަ އެވެ. މި ދަތުރުފުޅުގެ ބައެއްގެ ގޮތުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އާއިއެކު ރަސްމީ ވާހަކަތައް ބާއްވަވާ، ނޫސްވެރިންގެ ބައްދަލުވުމުގައި އެމަނިކުފާނު ވަނީ ބައިވ...