ޖަރުމަނު ވޯލްޑް ކަޕަށް ކޮލިފައިވެއްޖެ
އަންނަ އަހަރު ޤަތަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް ޖަރުމަނު ކޮލިފައިވެއްޖެއެވެ. އެ ޓީމް ކޮލިފައިވެފައި މިވަނީ ޔޫރަޕުގެ ކޮލިފައިން ބުރުގައި ގްރޫޕް ޖޭގައި ހޯމަ ދުވަހުގެ ރޭ ނޯތު މެސެޑޯނިއާއާއި ބައްދަލުކުރި މެޗުން ލިބުނު ތިން ޕޮއިންޓާއިއެކުއެވެ. އެ މެޗު ޖަރުމަނުން ކާމިޔާބު ކޮށްފައި ވަނީ 4-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މުބާރާތް ބާއްވާ ޤައުމުގެ ހައިސިއްޔަތުން ވޯލްޑް ކަޕުން ޤަތަރަށް ޖާގަ ލިބިފައިވާއިރު، ކޮލިފައިން ބުރުން ޖާގަ ލިބިގެން ފުރަތަމަ […]