ނޮވެމްބަރު 3 ރޭވި ދިވެހިންނަކީ ބާޣީންކަމުގައި ދަރިވަރުންނަށް ކިޔައިނުދޭކަށް ނާންގަން: އެޑިޔުކޭޝަން މިނިސްޓްރީ
ނޮވެމްބަރު 3 ރޭވި ދިވެހިންނަކީ ބާޣީންކަމުގައި ދަރިވަރުންނަށް ކިޔައިނުދޭކަށް އަންގައިފައި ނުވާނެ ކަމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަންއިން ވިދާޅުވެއްޖެއެވެ. އެޑިޔުކޭޝަން މިނިސްޓްރީގެ ރަސްމީ ފޭސްބުކް އަދި ޓްވީޓާ އެކައުންޓް މެދުވެރިކޮށް އެ މިނިސްޓްރީން މިގޮތަށް ވިދާޅުވީ، “ނޮވެމްބަރު 3 ރޭވި ދިވެހިންނަކީ ބާޣީންކަމުގައި ދަރިވަރުންނަށް ކިޔައިނުދޭން އަންގައިފި” މިގޮތަށް ލިޔެފައިވާ ލިޔުމެއްގެ ސްކްރީންޝޮޓެއް ހިއްސާ ކުރަމުންނެވެ. އެ ސްކްރީންޝޮޓުން ފެންނަނީ 3 ނޮވެމްބަރުގެ އިސް ހާއިނު، ހާޖަރާގެ ޢަބުދުﷲ ލުތުފީގ...