ކޯވިޑް ބަލީގައި ދުނިޔެއިން މަރުވި މީހުންގެ އަދަދު 5 މިލިއަން ފަހަނައަޅައިފި
މުޅި ދުނިޔޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، ކޯވިޑް-19 ބަލީގައި މަރުވި މީހުންގެ އަދަދު 5 މިލިއަނަށް ފަހަނަ އަޅައިފިއެވެ. މިއީ ދެ އަހަރަށް ވުރެ ކުރު މުއްދަތެއްގައި ކޯވިޑްގައި މަރުވެފައިވާ މީހުންގެ އަދަދު ކަމަށް ރެކޯޑުތަކުން ދައްކައެވެ. މި ވައިރަސް ފެތުރެން ފެށީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅުކަމަށް ދިރާސާކުރާ ފަރާތްތަކުން ލަފާކޮށްފައިވާއިރު، މިހާތަނަށް މުޅި ދުނިޔޭގެ 248 މިލިއަނަށް ވުރެ ގިނަ މީހުންނަށް ވަނީ މި ވައިރަސް ޖެހިފައެވެ. އަދި 5,025,815 މީހުން ވަނީ […]