ފުނަދޫއިން ޕޮޒިޓިވްވި މީހުންގެ އަދަދު 41 އަށް
ށ. ފުނަދޫން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 41 އަށް އަރައިފި އެވެ. ފުނަދޫ ކައުންސިލުން އާންމު ކުރި އެންމެ ފަހުގެ މައުލޫމާތުތަކައް ބަލާއިރު، ރޭ އެކަނިވެސް އެރަށުން ވަނީ 8 ފަރާތެއް ޕޮޒިޓިވް ވެފައެވެ. މިއަދު އެރަށުން އަލަށް މީހަކު ޕޮޒިޓިވް ވެފައެއް ނުވެއެވެ. ނަމަވެސް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަކުރެވުނު މީހުން ތިބި 2 ގެ އެއް ވަނީ މޮނިޓަރިން އަށް ލާފައެވެ. ފުނަދޫ ސިއްޙީ މަރުކަޒު ފްލޫ ކްލިނިކަށް ދެއްކި 3 މީހަކު […]