ޝައިޠާނުން ސިޙްރުވެރިޔާއަށް ޚިދުމަތްކުރަނީ ކީއްވެ؟ ސިޙްރުވެރިންގެ މަކަރުވެރިކަން!
ޝައިޠާނުން ސިޙްރުވެރިޔާއަށް ޚިދުމަތްކުރަނީ ކީއްވެހެއްޔެވެ؟ ޝައިޠާނާއަކީ އިންސާނާގެ ޢަދުއްވެކެވެ. އެޝައިޠާނާ އިންސާނާ ސީދާވެގެންވާ މަގުން އެއްކިބާ ކުރުވައެވެ. އަދި އެޝައިޠާނާ އިންސާނާގެ ކައިރިއަށް ކޮންމެ ދިމާއަކުން އަދި ކޮންމެ މަގަކުން އާދެއެވެ. އެޝައިޠާނާގެ ބޭނުންވަނީ އިންސާނާ ﷲ ފިޔަވައި ޚަލްޤުތަކުންނަށް އަޅުކަން ކުރުމަށެވެ. قَالَ فَبِعِزَّتِكَ لَأُغْوِيَنَّهُمْ أَجْمَعِينَ ﴿٨٢﴾ إِلَّا عِبَادَكَ مِنْهُمُ الْمُخْلَصِينَ ﴿٨٣﴾ (ص: ٨٢ – ٨٣) މާނައީ ” އެކަލޭގެ ( ޝައިޠާނާ) ދެންނެވިއެވެ. ފަހެ، އިބަ...