84 ދަރަޖަ ދަށުގެ ޓީމެއް އަތުން ބަލިވެ އާސެނަލަށް ލަދުވެތި ނިމުމެއް
އިންގްލިޝް ލީގު ކަޕްގެ 66 އަހަރުވީ ތާރީޚުގައި ފެނުނު އެންމެ ބޮޑު ސިހުމަކާ އެކު، އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަން އާސެނަލް، ހަތަރުވަނަ ޑިވިޝަނުގައި ވާދަކުރާ ފްލީޓްވުޑް ޓައުން އަތުން ޕެނަލްޓީ ޖަހައިގެން ބަލިވެ މުބާރާތުގެ ގަދަ 16 އިން އަންގާރަ ދުވަހު ކަޓައިފިއެވެ. ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަތުން ބަލިވިތާ ފަސް މަސް ފަހުން އާސެނަލަށް އަނެއްކާވެސް މިވަނީ ޕެނަލްޓީ ޝޫޓްއައުޓެއްގައި ހިތްދަތި ނަތީޖާއަކާ ކުރިމަތިލާން ޖެހިފައެވެ. […]