Quarterly Digital Edition

THILADHUN

Culture · Horizons · Long-Form Journalism

Selected Essays & Island Profiles

ރޯގާއަށް ދޭ ބޭހެއްގެ ރައްކާތެރިކަން ކަށަވަރުކުރެވެންދެން ވިއްކުން މަނާކޮށްފި
Raajje

ރޯގާއަށް ދޭ ބޭހެއްގެ ރައްކާތެރިކަން ކަށަވަރުކުރެވެންދެން ވިއްކުން މަނާކޮށްފި

ރޯގާ އަށް ބޭނުންކުރާ ސިޓްރިޒަމް ސިރަޕެއްގައި ކެމިކަލް މާއްދާއެއް ހުރުމުން އެ ބޭހުގެ ރައްކާތެރިކަން ކަށަވަރު ކުރެވެންދެން އެ ބޭސް ރާއްޖެ އެތެރެކުރުމާއި، ރާއްޖޭގައި ވިއްކުން އިއްޔެ މަނާކޮށްފިއެވެ. މިކަމާއިގުޅިގެން މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯރިޓީ (އެމްއެފްޑީއޭ)އިން ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައި ވަނީ،  އޮކްޓޯބަރު، 2022 އިން ފެށިގެން ބޭނުންކުރާ ދިޔާ ބޭހުގައި ކެމިކަލް މާއްދާއެއް ކަމަށްވާ ޑައިއީތައިލިން ގްލައިކޯލް އަދި އިތައިލީން ގްލައިކޯލް ހިމެނޭ ކަމަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔ...

ކުރިނބިން ފަލަސްތީން ފަންޑަށް ބޮޑު އަދަދެއް
Thiladhunmathi News

ކުރިނބިން ފަލަސްތީން ފަންޑަށް ބޮޑު އަދަދެއް

އެހީހޯދުމަށް ހިންގޭ ތަފާތު ހަރަކާތްތަކުގައި އެންމެ އާދަޔާ ހިލާފް ނަތީޖާއެއް ފެންނަ އެއް ރަށަކީ ތިލަދުންމަތީ ދެކުނުބުރީ ކުރިނބީއެވެ. އެ އަތޮޅުގައި އެންމެ ކުޑަ އާބާދީ އޮތް ރަށްތަކުގެ ތެރޭ ހިމެނޭ ކުރިނބީގެ ޖުމްލަ އާބާދީއަކީ 764 މީހުންނެވެ. ނަމަވެސް އިޒުރޭލު ސިފައިން މީގެ މަހެއްހާ ދުވަސް ކުރިން ފަލަސްތީނުގެ ގާޒާގައި ހިންގަމުން އަންނަ ލާއިންސާނީ އަމަލުތަކުގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ މުސްލިމުންނަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް ބޭނުންވާ ފައިސާ ހޯދުމަށް އެ ރަށުގައި ބޭއްވި […]

ޕީއެސްއައިޕީ މަޝްރޫއުތަކުގެ މުއްދަތު އިތުރުކޮށްދެނީ
Business

ޕީއެސްއައިޕީ މަޝްރޫއުތަކުގެ މުއްދަތު އިތުރުކޮށްދެނީ

ސަރުކާރުން ކުރިއަށްގެންދާ ޕީއެސްއައިޕީ މަޝްރޫއުތަކުގެ މުއްދަތު އިތުރުކޮށްދޭން ނިންމައިފިއެވެ. މިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ، މުއްދަތު އިތުރު ކުރުމަށް ނިންމީ ކޮވިޑް-19ގެ ހާލަތާ ގުޅިގެން ދިމާވި އެކިއެކި ދަތިތަކަށް ލުޔެއް ހޯދުމުގެ ގޮތުން 2020 ވަނަ އަހަރު ކޮވިޑުގެ ހާލަތު އިއުލާން ކުރެވުނު ފަހުންނާއި, 30 މެއި 2023ގެ ކުރިން ސޮއިކޮށްފައިވާ މަޝްރޫއުތަކުގެ ކަމަށެވެ. އެގޮތުން، އެ މަޝްރޫއުތަކުގެ މުއްދަތު 6 މަސްދުވަހަށް އިތުރުކުރުމަށް އިކޮނޮމިކް ކައުންސިލުން ނިންމާފައިވާކަމަ...

މިލައުތުރު ފުޓްސަލް މުބާރާތުގެ ގުރުއަތުލައިފި، ފެށުން މި މަހު ވިހި ވަނަ ދުވަހު
Thiladhunmathi News

މިލައުތުރު ފުޓްސަލް މުބާރާތުގެ ގުރުއަތުލައިފި، ފެށުން މި މަހު ވިހި ވަނަ ދުވަހު

ށ.އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން އެ އަތޮޅު ރަށްތަކަށް ހުޅުވާލައިގެން ކުރިއަށް ގެންދާ “މިލައުތުރު ފުޓްސަލް ޓޯނަމަންޓް 2023” ގެ ގުރުއަތު ލައިފިއެވެ. މި މުބާރާތުގެ ގުރުއަތުލުން ބާއްވާފައި ވަނީ މިދިޔަ ހޯމަ ދުވަހު އެކަމަށްޓަކައި އެ އަތޮޅު ކައުންސިލުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މި މުބާރާތް މި އަހަރު ކުޅުމަށް ހަމަޖެހިފައި ވަނީ ދެ ރަށެއްގައެވެ. މިގޮތުން ގްރޫޕް އޭގެ މެޗުތައް ކުޅެން ނިންމާފައި ވަނީ ގޮއިދޫގައެވެ. އއެ ގްރޫޕްގައި ހިމެނޭ ޓީމްތަކަކީ ކަނޑިތީމް، ފީވަށް، ނޫމަރާ، […]

ހަނގުރާމައަށް ފަހު ޣައްޒާގެ ކަންކަން ބަލަހައްޓާނީ އިސްރާއީލުން: ނަތަންޔާހޫ
International

ހަނގުރާމައަށް ފަހު ޣައްޒާގެ ކަންކަން ބަލަހައްޓާނީ އިސްރާއީލުން: ނަތަންޔާހޫ

އިސްރާއީލް އާއި ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރަމުން އަންނަ ހަމާސް ޖަމާއަތާ ދެމެދުގައި ކުރިއަށްދާ ހަނގުރާމަ އަށް ފަހު، ޣައްޒާގެ ކަންކަން ބަލަހައްޓާނީ އިސްރާއީލުން ކަމަށް އިސްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އިއްޔެ ވިދާޅުވެއްޖެއެވެ. ޔަހޫދީ ސިފައިންނާއި ހަމާސްގެ މުޖާހިދުންނާ ދެމެދު ވަރުގަދަ ހަނގުރާމައެއް ހިނގަމުން އަންނަތާ މިއަދަށް އެއް މަސް ދުވަސްވެފައިވާ އިރު، އިސްރާއީލުން ފުރަތަމަ ބުނެފައި ވަނީ ހަނގުރާމަ ހުއްޓާލާނީ ޣައްޒާ އިން ހަމާސް ނައްތާލުމަށް ފަހުގައި ކަމަށެވެ....

ޔޫއޭއީ ދަތުރުފުޅަށް ފަހު މުޢިއްޒު ރާއްޖެ ވަޑައިގެންފި
Raajje

ޔޫއޭއީ ދަތުރުފުޅަށް ފަހު މުޢިއްޒު ރާއްޖެ ވަޑައިގެންފި

އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) އަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އިންތިޚާބީ ރައީސް، ޑރ. މުޙައްމަދު މުޢިއްޒު މިއަދު މާލެ ވަޑައިގެންފިއެވެ. އަމިއްލަ ދަތުރުފުޅެއްގައި އިންތިޚާބީ ރައީސް ޔޫއޭއީ އަށް ވަޑައިގަތީ އިއްޔެއެވެ. އިންތިހާބީ ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް މިރޭ މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވެފައި ވަނީ އިންތިޚާބީ ރައީސް ޔޫއޭއީ ދަތުރުފުޅަށްފަހު މިއަދު މާލެ ވަޑައިގެންފައިވާ ކަމަށެވެ. މުއިއްޒު ޔޫއޭއީ އަށް ދަތުރުފުޅެއް ކުރެއްވިއިރު، މިދިޔަ ހަފުތ...

ފެހުރިހި ހިމާޔަތްކުރުން ތިމާވެށީގެ ޤާނޫނުގެ ދަށަށް ބަދަލުކުރަން ނިންމައިފި
Raajje

ފެހުރިހި ހިމާޔަތްކުރުން ތިމާވެށީގެ ޤާނޫނުގެ ދަށަށް ބަދަލުކުރަން ނިންމައިފި

ދިވެހިރާއްޖޭގައި ފެހުރިހި ހިމާޔަތްކޮށް ރައްކާތެރިކުރުމަކީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނުގެ ދަށުން ކުރާކަމެއްގެ ގޮތުގައި ބަދަލުކުރައްވަން، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ނިންމަވައިފިއެވެ. ރާއްޖޭގައި ފެހުރިހި މިހާރު ހިމާޔަތްކޮށްފައި ވަނީ ދިވެހިރާޖޭގެ މަސްވެރިކަމުގެ ޤާނޫނުގެ ދަށުންނެވެ. ރައީސް ޞާލިޙް، ދިވެހިރާއްޖޭގައި ފެހުރިހި ހިމާޔަތްކޮށް ރައްކާތެރިކުރުމަކީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނުގެ ދަށުން ކުރާކަމެއްގެ ގޮތުގައި ބަދަ...

ޔޫއޭއީ އިން ޣައްޒާގައި ފީލްޑް ހޮސްޕިޓަލެއް އަޅައި ދެނީ
International

ޔޫއޭއީ އިން ޣައްޒާގައި ފީލްޑް ހޮސްޕިޓަލެއް އަޅައި ދެނީ

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން ފަލަސްތީނުގެ ޣައްޒާގައި ފީލްޑް ހޮސްޕިޓަލެއް އަޅައި ދިނުމަށްޓަކައި އެހީތެރިވުމަށް ނިންމައިފިއެވެ. އިސްރާއީލުން ފަލަސްތީނުގެ ޣައްޒާ އަށް ބޮން އަޅައި އެތައް ބަޔަކު ޝަހީދުކޮށްލައި ގިނަ އަދަދެއްގެ ބަޔަކު ވަނީ ޒަހަމްކޮށްލައިފައެވެ. ހޮސްޕިޓަލްތައް ފުރުމާއި ހިދުމަތްތައް ހުއްޓިފައި އޮތުމުގެ ސަބަބުން ޣައްޒާގައި ޒަހަމްވެފައިވާ ބައެއް މީހުންނަށް އެކަށީގެންވާ ފަރުވާ ނުދެވޭ ކަމަށްވެއެވެ. ބައެއް ހޮސްޕިޓަލްގެ ހިދުމަތްތައް ހުއްޓިފައި ވަނީ ކަރަންޓު ނުލިބުމުގެ ސަބަބުންނެވ...