ދާއިމީ ބަލިތަކުން މަރުވާ މީހުން މަދުކުރުމުގެ ލަނޑުދަނޑި ހާސިލްކުރި ސަރަހައްދުގެ ހަމައެކަނި ގައުމަކަށް ރާއްޖެ
ހިތުގެ ބަލިތަކާއި، ކެންސަރާއި، ހަކުރުބައްޔާއި ނޭވާލާ ނިޒާމުގެ ދާއިމީ ބަލިތަކުގެ ސަބަބުން އުމުރުން ދުވަސްނުވެ މަރުވާ މީހުންގެ ނިސްބަތް ދަށްކުރުމަށް ކަނޑައަޅާފައިވާ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑި (އެސްޑީޖީ)، 2030 ގެ ކުރިން ހާސިލްކުރި ސައުތު އީސްޓް އޭޝިއާ ސަރަހައްދުގެ ހަމައެކަނި ގައުމަކަށް ދިވެހިރާއްޖެ ވެއްޖެއެވެ. މީގެއިތުރުން ވިހެއުމުގެ ތެރޭގައި މައިންނާއި ޅަދަރިންނަށް ޖެހޭ ޓެޓަނަސް ނައްތާލެވިފައިވާތާ 10 އަހަރު ދުވަސް ހަމަވެ، އެކަމުގައި ދެމިއޮތްކަން ވެސް ވަނީ ފާހަގަކޮށްފައެވެ. ދުނިޔޭގެ ސިއްހ...