ފުރަތަމަ ކުއާޓަރުގައި ބީއެމްއެލްއަށް 493 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް
ބީއެމްއެލްގެ ފުރަތަމަ ކުއާޓާގައި ސާފު ފައިދާގެ ގޮތުގައި 493 މިލިއަން ރުފިޔާ ލިބިއްޖެއެވެ. އެ ބޭންކުން އާންމުކޮށްފައިވާ ރިޕޯޓުން ދައްކާ ގޮތުގައި ހިންގުމުގެ ފައިދާގެ ގޮތުގައި 708 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އެއީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓާއާ އަޅައި ބަލާއިރު 5.7 އިންސައްތަ އިތުރު އަދަދެކެވެ. ބޭންކުން ބުނީ ފުރަތަމަ ކުއާޓާގައި އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 967 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާ ކަމަށެވެ. ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ކާލް ސްޓުމްކަ […]