އެޗްޑީސީގެ ޗެއާމަންގެ މަގާމުން ޒުހޫރު ވަކިކޮށްފި
ހައުސިން ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ޗެއާމަންގެ މަގާމުގައި ހުންނެވި އަހުމަދު ޒުހޫރު އެ މަގާމުން މިއަދު ވަކިކޮށްފިއެވެ. ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ން މިއަދު ބުނީ އެޗްޑީސީގެ ޗެއާމަންގެ މަޤާމުގައި ހުންނެވި އަހުމަދު ޒުހޫރު އެމަޤާމުންނާއި އެޗުޑީސީގެ ބޯޑުގެ ޑިރެކްޓަރު ކަމުން މިއަދުންފެށިގެން ވަކިކޮށްފައިވާ ކަމަށެވެ. ޒުހޫރު ވަކިކުރި ވަކި ސަބަބެއް ޕީސީބީއަކުން ނުބުނެއެވެ. ރައީސް ޔާމީންގެ ސަރުކާރު ގައި މިނިސްޓަރު ކަމާއި ސްޓެލްކޯގެ އެމްޑީކަން ކުރެއްވި ޒުހޫރު އެޗްޑީސ...