އެކި ވާހަކަ ދައްކައިގެން ހިޔާ އެޕާޓްމަންޓަކަށް މީހުން ގެންގޮސް ފޭރޭ މައްސަލައެއް
އެކި ވާހަކަ ދައްކައިގެން ހުޅުމާލޭ ފޭސް ދެއެއްގެ ހިޔާ ޓަވަރެއްގެ އެޕާޓްމަންޓަކަށް ގެންގޮސް ފޭރޭ މައްސަލައެއް ފެންމަތިވެއްޖެއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ، އެކި ވާހަކަ ދައްކައިގެން ހުޅުމާލޭ ފޭސް ދެއެއްގެ ހިޔާ ޓަވަރެއްގެ އެޕާޓްމަންޓަކަށް ގެންގޮސް ފޭރޭ މައްސަލައެއް އެ އިދާރާ އަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. މި މައްސަލަ ތަހުގީގު ކުރަމުން އަންނަކަމަށް ފުލުހުން ވަނީ ބުނެފައެވެ. ކާކުކަން ނޭނގޭ ނުވަތަ ގޮތް ނޭނގޭ މީހުން މިގޮތަށް ތަންތަނަށް ދިޔުމަށް އެދުނު ނަމަވެސް ނުދިޔުމަށް އިލްތިމާސް […]