މައްކާގެ ދެކުނުން ހޫތީން ފޮނުވި ޑްރޯނެއް ސައޫދީން ވައްޓާލައިފި
މައްކާގެ މާތް ބިމުގެ މަތިން ދަތުރުކުރުން މަނާކޮށްފައިވާ ސަރަހައްދަށް ވަނުމުގެ ކުރިން، މައްކާގެ ދެކުނުން ހޫތީން ފޮނުވާލި ޑްރޯނެއް ސައޫދީ އެއާ ޑިފެންސުން އަންގާރަ ދުވަހުގެ ހަވީރު ވައްޓާލައިފިއެވެ. ސައޫދީ ދައުލަތުގެ މީޑިއާއިން ބުނިގޮތުގައި މި ހަމަލާ ނާކާމިޔާބުކޮށްލާފައިވާ ކަން ހާމަކޮށްފައިވަނީ ޔަމަނުގެ ގާނޫނީ ސަރުކާރަށް އެހީތެރިވާ ކޯލިޝަނުންނެވެ. ކޯލިޝަންގެ ތަރުޖަމާނު މޭޖަރ ޖެނެރަލް ތުރުކީ އަލްމާލިކީ ވިދާޅުވީ، ސައޫދީ ރޯޔަލް އެއާ ޑިފެންސް ފޯސަސްއިން މި ޑްރޯން ވައްޓާލާފައިވަނީ ސެޕްޓެމްބަރު 15 ވީ އަން...