ނަރުދޫ ފުޓްސަލް: ބޮޑު ތަފާތަކުން މޮޅުވެ ލެއިޓް ވުލްފް ފައިނަލަށް
ށ.ނަރުދޫ ކައުންސިލުން އިންތިޒާމްކޮށްގެން އެރަށުގައި ބާއްވާ ”ނަރުދޫ ކައުންސިލް ސްޕޯޓްސް ފިއެސްޓާ 2024” ފުޓްސަލް މުބާރާތުގެ ފައިނަލުގެ ދެވަނަ ޖާގަ ލެއިޓް ވުލްފް ހޯދައިފިއެވެ. ނަރުދޫ ފުޓްސަލް ދަނޑުގައި މިރޭ ސެމީގެ ދެވަނަ މެޗުގައި ލެއިޓް ވުލްފް ބައްދަލުކޮށްފައި ވަނީ ދަ ބެންޗް އާއެވެ. ލެއިޓް ވުލްފް ފައިނަލުގެ ދެވަނަ ޖާގަ ހޯދީ 7-2 ލަނޑުން ދަ ބެންޗްގެ މައްޗަށް ކުރި ހޯދައިގެންނެވެ. މި މެޗުގައި ދަ ބެންޗްގެ ލަނޑުތައް ޖަހައިދީފައި ވަނީ ތަސްމީން އަދި ނާއިލް އެވެ. […]