ހޮސްޕިޓަލްގެ އިހުމާލުން ކުއްޖަކު މަރުވި މައްސަލަ ކޯޓުން ބޭރުގައި ހައްލުކުރަން ސަރުކާރުން ބޭނުންވޭތޯ ބަލަނީ
ޏ. ފުވައްމުލަކު ހޮސްޕިޓަލްގެ އިހުމާލުން ކުޑަކުއްޖަކު މަރުވި މައްސަލާގައި ލިބުނު ގެއްލުމުގެ ބަދަލު ހޯދަން އެ ކުއްޖާގެ އާއިލާއިން ކޯޓަށް ހުށަހެޅި މައްސަލަ ކޯޓުން ބޭރުގައި ހައްލު ކުރުމާ މެދު ގޮތެއް ނިންމަން ދައުލަތަށް މިއަދު ފުރުސަތު ދީފި އެވެ. ފުވައްމުލަކު ހޮސްޕިޓަލްގައި ފަރުވާ ދެނިކޮށް 2021 ވަނަ އަހަރު ސަދާ ސައުދުﷲ މަރުވި މައްސަލާގައި، އެ ކުއްޖާގެ އާއިލާއިން ދައުލަތާ ދެކޮޅަށް ދައުވާކުރަނީ ހޮސްޕިޓަލްގެ ޑޮކްޓަރުންނާއި ނަރުހުންގެ އިހުމާލުން އެ ކުއްޖާ މަރުވެފައިވާތީ އެވެ. އެ […]