ޓްރެބްޒޯންސްޕޯގެ ކޯޗުކަން ރެއިސް ގަބޫލުކުރީ ސަލާހްގެ ސަބަބުން
ތުރުކީގެ ޓްރެބްޒޯންސްޕޯގެ ކޯޗުކަމާ ޖަރުމަނުގެ ތޯމަސް ރެއިސް ހަވާލުވެއްޖެއެވެ. ބުރާސްފަތި ދުވަހު އެ ކްލަބުގެ ކޯޗުކަމާ އޭނާ ހަވާލުވީ، މިސްރުގެ މަޝްހޫރު ފޯވާޑް މުހައްމަދު ސަލާހާއެކު މަސައްކަތް ކުރުމުގެ ފުރުސަތު ލިބުމުން އެކަމުގެ ޝައުގުވެރިކަމުގައެވެ. ބަލްގޭރިއާގެ ލުޑޯގޮރެޓްސް ދޫކޮށް ޓްރެބްޒޯންސްޕޯއާ ގުޅުނު ޖަރުމަނުގެ ކޯޗު ވަނީ އެ ކްލަބާއެކު ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. ރެއިސް އެ މަގާމާ ހަވާލުވީ، މިދިޔަ މަހު ޔޫރޯޕާ ލީގުން ޓްރެބްޒޯންސްޕޯ ކެޓުމާ ގުޅިގެން މަގާމުން އިސްތިއުފާ ދި...