ލޭގެ ޚިދުމަތްތަކަށް ޚާއްސަ ''ލޭ އެޕް'' އިފްތިތާހުކޮށްފި
ލޭ ހަދިޔާކުރުމާއި ލޭގެ ހިދުމަތްތައް ބެލެހެއްޓުމަށް ތައްޔާރުކޮށްފައިވާ އެޕްލިކޭޝަން ކަމަށްވާ “ލޭ އެޕް” މިއަދު އިފްތިތާހްކޮށްފިއެވެ. މި އެޕަކީ، އެޗްއާރުޑީއެންސީ އެލްއެލްޕީ ގެ ފަރާތުން، ސިއްހަތާ ބެހޭ ވުޒާރާ އާއި ގުޅިގެން ފަރުމާކޮށް، ތައާރަފްކޮށްފައިވާ އެޕެކެވެ. ސިއްހަތާ ބެހޭ ވުޒާރާގެ ޖަލްސާކުރާ މާލަމުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި އެޕް އިފްތިތާހްކޮށްދެއްވީ، ސިއްހަތާ ބެހޭ ވަޒީރު، ޑރ.ޢަބްދުﷲ ޚަލީލެވެ. ސިއްހަތާ ބެހޭ ވުޒާރާއިން ބުނިގޮތުގައި، ލޭ އެޕަކީ ރާއްޖޭގެ ޞިއްޙީ ޚިދުމަތުގެ ނިޒާމުގައި ލޭ...