ކޮލިޓީގެ މައްސަލަތަކަކާ ގުޅިގެން ސެމްސަންގް ގެލެކްސީ ބަޑްސް 3 ޕްރޯ ނެރުން ލަސްކޮށްފި
ކޮލިޓީގެ މައްސަލަތަކަކާ ގުޅިގެން ސެމްސަންގް ގެލެކްސީ ބަޑްސް 3 ޕްރޯ ނެރުން ލަސްކޮށްފިއެވެ. ސެމްސަންގުން އިއުލާނުކުރި ގޮތުގައި، ކުންފުނީގެ އެންމެ އައު ވަޔަރލެސް އިޔަރބަޑް ކަމަށްވާ ގެލެކްސީ ބަޑްސް 3 ޕްރޯގެ ނެރުން ލަސްކޮށްފައިވާ މައިގަނޑު މައްސަލައަކަށް ވެފައިވަނީ އިޔަރބަޑްގެ އިޔަރ ޓިޕްސްއެވެ. މި ޓިޕްސް އިޔަރބަޑުން ނައްޓާލުމުން ފަސޭހައިން ވީދިގެން ދާކަމަށް ރިޕޯޓުކުރެވިފައިވެއެވެ. ސެމްސަންގުން ފުރަތަމަ މި މައްސަލަ ހައްލުކުރުމަށް އިރުޝާދުތަކެއް ދިނުމަށްފަހު، ފަހުން ނިންމީ އުފެއްދުން ނެރުން ލަސްކުރުމަށ...