އޮލިމްޕިކް ގޭމްސް: ސްޕެއިން ފެށީ މޮޅަކުން
އޮލިމްޕިކް ގޭމްސްގެ، ފުޓްބޯޅަ މުބާރާތް މިއަދު ފްރާންސްގައި ފަށާފައިވާއިރު، ގްރޫޕް ސީގައި ސްޕެއިންއާއި އުޒްބެކިސްތާން ބައްދަލުކުރި މެޗު ސްޕެއިނުން ކާމިޔާބު ކޮށްފިއެވެ. 23 އަހަރުން ދަށުގެ ޓީމްތައް ވާދަކުރާ މި މުބާރާތުގައި ސްޕެއިނުން އުޒްބެކިސްތާން ބަލިކޮށްފައި ވަނީ 2-1 ގެ ނަތީޖާއިންނެވެ. މި އަހަރުގެ 23 އަހަރުން ދަށުގެ އޭއެފްސީ އޭސިއަންކަޕްގެ ރަނަރަޕް ޓީމްކަމަށްވާ އުޒްބެކިސްތާން ކޮޅަށް ސްޕެއިންގެ ފުރަތަމަ ލަނޑުޖެހީ މާކް ޕުބިލްއެވެ. މެޗުގެ 28 ވަނަ މިނެޓުގައި އޭނާ މި ލަނޑު ޖަހާފައިވަނީ އަބެލް […]