ބިދޭސީންގެ ފީއާއި ޖޫރިމަނާ ނުދައްކާ ވަޒީފާދޭ ފަރާތްތަކުގެ ލިސްޓް ޢާންމުކޮށްފި
ދިވެހިރާއްޖޭގައި ވަޒީފާއަދާކުރުމަށް ގެނެސްފައިވާ ބިދޭސީންނާއި ގުޅިގެން ދައްކަންޖެހޭ ފީއާއި ޖޫރިމަނާ ނުދައްކާ އެއްލައްކަ އަށްވުރެ އިތުރުވާ ވަޒީފާ ދޭ ފަރާތްތަކުގެ ލިސްޓް މިއަދު ޢާންމުކޮށްފިއެވެ. ދާޚިލީ ސަލާމަތާއި ފަންނިއްޔަތާއިބެހޭ ވުޒާރާއިން މިއަދު މި ލިސްޓް ދިވެހި ސަރުކާރުގެ ގެޒެޓްގައި ޢާންމުކޮށްފައިވާއިރު، މި ފައިސާ ދައްކަން ވަނީ މުހުލަތެއް ދީފައެވެ. މިގޮތުން މި ލިސްޓްގައި ހިމެނޭ ޖޫރިމަނާ ފައިސާ ނުދައްކާތިބި ފަރާތްތަކުން އަންނަ މަހުގެ 12 ވަނަ ދުވަހުގެ ކުރިން ދައުލަތަށް ދައްކަންޖެހޭ ފައިސާ ދައްކ...