ގޭމް އިންފޯމަރ މަޖައްލާ 33 އަހަރަށްފަހު ބަންދުކޮށްފި
ދުނިޔޭގެ އެންމެ މަޝްހޫރު ގޭމިންގ މަޖައްލާތަކުގެ ތެރެއިން އެއް މަޖައްލާ ކަމުގައިވާ ގޭމް އިންފޯމަރ 33 އަހަރަށްފަހު ބަންދުކޮށްފިއެވެ. މި މަޖައްލާގެ މައި ކުންފުނި ކަމުގައިވާ ގޭމްސްޓޮޕްއިން މިއަދު ވަނީ މި މަޖައްލާ ބަންދުކުރުމަށް ނިންމާފައެވެ. މަޖައްލާގެ ވެބްސައިޓާއި އާކައިވްސް ވެސް ވަނީ ނަގާފައެވެ. މިހާރު އެ ވެބްސައިޓަށް ވަދެވޭއިރު ފެންނަނީ މަޖައްލާގެ ކިޔުންތެރިންނަށް ޝުކުރު އަދާކޮށްފައިވާ ފަހު ބަޔާނެވެ. “33 އަހަރު ވަންދެން ގޭމިންގ ދުނިޔޭގެ އެންމެ ފަހުގެ ޚަބަރުތަކާއި، ރިވިއުތަކާއި، މަޢުލޫމާތު ގެނެސްދ...