މާރަންދޫގައި އަރަބި ކިޔަވަން ޝައުގުވެރިވާ ބަޔަކު ތިބިތޯ ބަލަނީ
ހއ.މާރަންދޫގައި ތިބި އަރަބި ކިޔަވަން ޝައުގުވެރިވާ ފަރާތްތަކުން ނަން ނޯޓް ކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މިކަމާއި ގުޅިގެން މާރަންދޫ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ އެ ރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން ތިން މަސްދުވަހުގެ ނިޔަލަށް އަރަބި ދަސްކޮށްދޭ ކުލާސްތަކެއް ހިންގުމަށް މަޝްވަރާ ކުރެވެމުން އަންނަ ކަމަށެވެ. މި ކުލާހުގައި ބައިވެރިވުމުގެ ފުރުސަތު އުމުރުން 18 އަހަރުން މަތީގެ އަންހެން އަދި ފިރިހެން ބޭފުޅުންނަށް ވެސް ވަނީ ހުޅުވާލާފައެވެ. މި ކުލާސްތަކުގައި...