އެލެގްރާ ބޭހުގެ ތިން ބެޗެއް ރާއްޖޭގައި މަނާކޮށްފި
ކުޑަކުދިންނަށް ދޭ ރޯގާ ބޭހެއްކަމަށްވާ އެލެގްރާ ބޭހުގެ ތިން ބެޗެއް އެތެރެކޮށް، ވިއްކައި ބޭނުންކުރުން ރާއްޖޭގައި މިއަދު މަނާކޮށްފިއެވެ. މިކަން އަންގައި މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯރިޓީ (އެމްއެފްޑީއޭ) އިން ނެރުނު ސަމާލުގެ މެސެޖުގައި ބުނެފައި ރާއްޖެ އެތެރެކޮށް ބޭނުންކުރަމުންގެންދާ އެލެގްރާ ބޭހުގެ ތިން ބެޗަކުން ކޮލިޓީ މައްސަލަތަކެއް ދިމާވެފައިވާތީ އެ ބޭސް ވިއްކާ ކުންފުނިން އެލާޓްކޮށްފައިވާ ކަމަށެވެ. އެއީ އިންޑިއާގެ ބޭސް އުފައްދާ ކުންފުންޏެއް ކަމަށްވާ ސެނޮފީ އިންޑިއާ ލިމިޓެޑް އިން އުފައްދާފައިވާ...