އުލިގަމުގައި ނަފްސާނީ ދުޅަހެޔޮކަމުގެ ހޭލުންތެރި ޕްރޮގްރާމެއް ބާއްވައިފި
ހއ. އުލިގަމު ކައުންސިލާއި، އަދި އެރަށުގެ އެސޯސިއޭޝަން ފޮރ ސޯޝަލް އެވެއަރނަސް (އަސާ) ގުޅިގެން ނަފުސާނީ ދުޅަހެޔޮކަމުގެ ޕުރޮގުރާމެއް އެ ރަށުގައި ކުރިއަށް ގެންގޮސްފިއެވެ. އެކި ސެޝަންތަކަށް ބަހާލައިގެން، މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ މި ސެޕްޓެންބަރު މަހުގެ 14 އިން 15 ވަނަ ދުވަހުގެ ނިޔަަލަށެވެ. “ހިތުގެ އަޑު” މި ނަމުގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގެ މުދައްރިބަކީ، އެ ދާއިރާގެ ޢިލްމީ ބޭފުޅެއްކަމަށްވާ ސުލްޠާނާއެވެ. އަސާ ޖަމްޢިއްޔާއިން “ތިލަދުން”އަށް މައުލޫމާތުދިން ގޮތުގައި، ނަފްސާނީ މައްސަލ...