ރައީސް ބައިވެރިވެވަޑައިގަންނަވާ ޕީއެންސީގެ ޖަލްސާއެއް މިރޭ
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގަންނަވާ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ހަރުގެ ޖަލްސާއެއް މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެ ޕާޓީން މަޢުލޫމާތު ދީފިއެވެ. ޕީއެންސީ އިން ސޯޝަލް މީޑިއާގައި ޙިއްޞާކުރި މަޢުލޫމާތުގައިވާ ގޮތުން، މި ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ އެ ޕާޓީގެ ރަސްމީ ޖަގަހަ ކަމުގައިވާ ހ. ވެޔޮވިލާ (އާޓިފިޝަލް ބީޗް ކުރިމަތި)ގައި މިރޭ 20:00 ގައެވެ. މި ޖަލްސާގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިތުރުން، އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ […]