ޕީޖީގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
ޕްރޮސިކިއުޓަރ ޖެނެރަލްގެ މަގާމު ހުސްވެފައިވާތީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހުޅުވާލައިފިއެވެ. އެ މަގާމަށް ކުރިމަތި ލުމުގެ ފުރުސަތު އަންނަ ސެޕްޓެމްބަރ މަހުގެ 11 ވަނަ ދުވަހުގެ 12:00 އާއި ހަމައަށް ވަނީ ހުޅުވާލާފައެވެ. ކުށާއި ދަރަނީގެ ރެކޯޑް ފޯމާއި ސިޔާސީ ޕާޓީއެއްގައި ރަޖިސްޓަރީ ވެފައިވޭތޯ ބެލުމަށް އިލެކްޝަންސް ކޮމިޝަނުން ސާފުކުރަންޖެހޭ ފޯމު، މި މަގާމަށް އެދޭ ފޯމާއިއެކު ހުށަހަޅަން ޖެހެއެވެ. ފޯމް ހުށަހެޅޭނީ އަންނަ ސެޕްޓެމްބަރ މަހުގެ 10 އަދި 11 […]