ޒަކިއްޔާގެ ހަށިގަނޑު އިތުރު ތަހުލީލު ކުރުމަށް މާލެ ގެނެސްފި
ނ. ހޮޅުދޫގައި ޒަޚަމްތަކަކާއެކު ނިޔާވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާގެ ހަށިގަނޑު އިތުރު ތަހުލީލު ކުރުމަށް މާލެ ގެނެސްފިއެވެ. ހޮޅުދޫގެ ގެއެއްގައި ޒަޚަމްތަކަކާއެކު އަންހެނަކު އޮތްކަމަށް ފުލުހުންނަށް ލިބުނު ރިޕޯޓަކާއި ގުޅިގެން އިއްޔެ އެޓެންޑް އެމީހާ އެރަށު ސިއްހީ މަރުކަޒަށް ގެންދިޔަކަމަށް އިއްޔެ ހެނދުނު ފުލުހުން ވަނީ ބުނެފައެވެ. ސިއްހީ މަރުކަޒަށް ގެންދިޔައިރު އެމީހާގެ ފުރާނަނެތްކަމަށް ސިއްހީ މަރުކަޒާއި ހަވާލާދީ ފުލުހުން ވަނީ ބުނެފައެވެ. މި މައްސަލާގައި ތުހުމަތުކުރެވޭ ކަންތައްތަކެއް ހުރުމުން ފުލުހު...