މެކްސިކޯގެ ސެނެޓަށް އާއްމުން ވަދެ، ބަހުސް ހުއްޓުވައިފި
މެކްސިކޯގެ ޖުޑިޝަރީ އިސްލާހުކުރުމަށް ހުށަހަޅާފައިވާ ބިލަކާ ގުޅިގެން އެ އެކަމާދެކޮޅަށް ހަޅުތާލުކުރި އެތައްސަތޭކަ ބަޔަކު އެ ގައުމުގެ ސެނެޓަށް ވަދެ، ބަހުސް ހުއްޓުވާލައިފިއެވެ. އަންގާރަ ދުވަހު ހިނގި މި ހާދިސާގައި ހަޅުތާލުކުރާ ފަރާތްތަކުން ވަނީ ސެނެޓުގެ ސެކިއުރިޓީ ފަހަނައަޅާ ގޮސް، ސެނެޓުގެ މަޖިލިސް ކޮޓަރިއަށް ވަދެފައެވެ. ހަޅުތާލުކުރާ ފަރާތްތަކުން ވަނީ ގައުމީ ސަލާމް ކިޔަމުން، މަޖިލީހުގެ ޖަލްސާ މެދުކަނޑާލުމަށް މަޖުބޫރުކޮށްފައެވެ. މި ބިލަކީ ރައީސް އެންޑްރޭސް މެނުއެލް ލޯޕެޒް އޮބްރަޑޯ ކުރިއަށް ގެންދަވާ އި...