އިންޑިއާގެ މުންބާއީ އަށް ބޯކޮށް ވާރެވެހި، ފެންބޮޑުވެ، ދަތުރުފަތުރު ހުއްޓުމަކަށް
އިންޑިއާގެ މުންބާއީ ސިޓީއާއި އެ ސަރަހައްދުގެ އެހެން ބައެއް ސިޓީތަކަށް ބުދަ ދުވަހުގެ ރޭ ވަރަށް ބޯ ވާރޭ ވެހި، މަގުތަކުގައި ފެންބޮޑުވެ، އުޅަނދުފަހަރު ދުއްވުމަށް ދަތިތަކާ ކުރިމަތިވެއްޖެއެވެ. އިންޑިއާގެ މޫސުމާބެހޭ ޑިޕާޓްމަންޓް (އައިއެމްޑީ) އިން ވަނީ މުންބާއީއަށް ރެޑް އެލަރޓެއް ދީފައެވެ. މި އެލަރޓް ބުރާސްފަތި ދުވަހުގެ ހެނދުނު 8 އަށް ދެމިގެންދާނެ ކަމަށް ބުނެއެވެ. މި އެލަރޓާ ގުޅިގެން މުންބާއީ ސިޓީގެ އިދާރާތަކުން ވަނީ ސެޕްޓެމްބަރ 26 ގައި ސިޓީގެ ހުރިހާ ސްކޫލުތަކަކާއި ކޮލެޖުތަކެއް […]