ރާއްޖެއަކީ ތަރައްޤީގެ އެންމެ މަތީ ހަރުފަތުގައިވާ ޤައުމެއްކަމުގައި ވުމަކީ ރައީސްގެ ތަސައްވުރު
2040 ވަނަ އަހަރު އަންނައިރު ރާއްޖެއަކީ ހުރިހާ މާނައެއްގައި ވެސް ތަރައްޤީވެފައިވާ، ތަރައްޤީގެ އެންމެ މަތީ ހަރުފަތްތަކުގައިވާ ޤައުމެއްކަމުގައި ވުމަކީ އެމަނިކުފާނުގެ ތަސައްވުރުކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ގޮވައިލައްވައިފިއެވެ. ރައީސް މިފަދައިން ގޮވައިލެއްވީ އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގެ އާންމު ބަހުސްގައި ތަޤްރީރު ކުރަށްވަމުންނެވެ. އެ ތަޤްރީރުގައި ރައީސް ވިދާޅުވީ، އެމަނިކުފާނު ދިވެހިރާއްޖޭގެ ކުރިމަގަށް ކުރައްވާ ތަޞައްވުރަކީ 2040 ވަނަ އަހަރު އަންނައިރު ދިވެހިރާއްޖެއަކީ ހުރިހާ މާނަ...