ރައީސް މުޢިއްޒުގެ ހަމްދަރުދީގެ މެސެޖެއް، ކޮރެއާގެ ވަގުތީ ރައީސަށް
އާދީއްތަ ދުވަހުގެ ހެނދުނު ދެކުނު ކޮރެއާގެ މުއަން އިންޓަރނޭޝަނަލް އެއަރޕޯޓުގައި ކުއްލި ޙާލަތުގައި ޖައްސަން އުޅުނު ޖެޖޫ އެއަރގެ ފްލައިޓެއް ވެއްޓި ހިނގި ހާދިސާއާއި ރައީސް ޑރ. މުހައްމަދު މުޢިއްޒު ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފިއެވެ. ކޮރެއާގެ ވަގުތީ ރައީސް ޗޮއި ސަންގ-މޮކްއަށް ރައީސް މުޢިއްޒު ފޮނުއްވި ހަމްދަރުދީގެ މެސެޖުގައި، މުއާން އިންޓަރނޭޝަނަލް އެއަރޕޯޓަށް މަތިންދާބޯޓު ވެއްޓި ހިނގާދިޔަ ހިތާމަވެރި ހާދިސާގެ ސަބަބުން އެތައް ބަޔަކު މަރުވި ޚަބަރު އެއްސެވީ ކުއްލި ހައިރާންކަމާއި ފުންހިތާމައާ އެކުގައި...