ބޭނުންވާ މިންވަރަށް ކާބޯތަކެތި ހެއްދުމުގެ މަސައްކަތް ވަނީ ފެށިފައި: ރައީސްް
ރާއްޖެއަށް ބޭނުންވާ މިންވަރަށް ރާއްޖޭގައި ކާބޯތަކެތި ހެއްދުމުގެ މަސައްކަތް ވަނީ މިހާރު ވަނީ ފެށިފައިކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، މިހާރު ހުވަދުއަތޮޅަށް އެމަނިކުފާނު ކުރަށްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދު ގއ. ނިލަންދޫ އަށް ވަޑައިގެން އެރަށު ރައްޔިތުންނާ މުޚާޠިބުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ދިވެހި ދަނޑުވެރިންނަށް އުންމީދު ދެއްވަމުން ރައީސް ވިދާޅުވީ، ދިވެހިރާއްޖޭގައި ދަނޑުވެރިންނަށް އޮތީ އުފާފާގަތިކަން ކަމަށެވެ. ރަ...