ކުރުވާހަކަ: ހަމަ އެންމެ ކުށަކުން
އޮފީސް ކެންޓީނުން ކައިބޮއި ހެދުމަކީ އަހަރެންގެ އާދައެއް ނޫނެވެ. އޮފީހުގައި އުޅޭތާ އެއް އަހަރު ހޭދަ ކުރެވުނު އިރު އެއް ފަހަރު ވެސް އެ ތަނަކަށް ނުވަންނަމެވެ. ބައެއް މީހުން އެކަމާ އަހަންނާ މަލާމާތްކުރެއެވެ. އަހަންނަކީ “ދަހި” މީހެއްކަމުގައި ބުނެ އަހަންނަށް މަލާމާތްކޮށް ހަދައެވެ. އެހެނަސް، މުސާރައިގެ ތިންބައިކުޅަ އެއްބައި ކެންޓީނަށް ހޭދަ ކުރުމަކީ އަހަންނަށް ވާނެ ކަމެއް ނޫނެވެ. އާދައިގެ މަތިން މިއަދު ވެސް އަހަރެންގެ މުރާލި އަނބިމީހާ ހުރީ އަހަރެންގެ ދަބަހަށް ތަށިބަރި ލައިފައެވެ. […]