ރައީސް އެސްޓޯނިއާގެ ސިއްހަތާބެހޭ ވަޒީރާއި ބައްދަލުކުރަށްވައިފި
ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެސްޓޯނިއާގެ މިނިސްޓަރ އޮފް ހެލްތު، ރީނާ ސިކުޓް އާއި ބައްދަލުކުރަށްވައިފިއެވެ. ރައީސް މިހާރު އެޤައުމަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ކުރިއަށް ގެންދެވި މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ އެސްޓޯނިއާއިން ޑިޖިޓަލައިޒޭޝަންގެ ތެރެއިން ޞިއްޙީ ދާއިރާ ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތަކާ ބެހޭ ގޮތުންނެވެ. އެސްޓޯނިއާގެ ހެލްތު މިނިސްޓަރ ވަނީ އެ ޤައުމުގައި ޑިޖިޓަލައިޒޭޝަންގެ ސަބަބުން ޞިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅުވެ، ޚިދ...