އަދީބާއެކު ދައުލަތުން ހެދި އެއްބަސްވުން ނިމުމަކަށް ގެނެސްފި
މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންގެ ޚިޔާނާތުގެ މައްސަލަތަކާ ގުޅިގެން ދައުލަތުން ހަތަރު ފަރާތަކާއެކު ހަދާފަައިވާ އެއްބަސްވުން ނިމުމަކަށް ގެނެސްފިއެވެ. ޕީޖީ އޮފީހުން މިއަދު ބުނީ ހަތަރު ފަރާތަކާއެކު އެ އޮފީހުން ހަދާފައިވާ އިމިޔުނިޓީ އަދި އެއްބާރުލުންދިނުމުގެ އެއްބަސްވުންތައް ނިމުމަކަށް ގެނައުމަށް 19 ޖަނަވަރީ 2025 ދުވަހު ޕްރޮސިކިއުޓަރ ޖެނެރަލް ވަނީ ނިންމަވާފައެވެ. އެ ފަރާތްތަކަކީ، ހ. ސާމަރާ،އަޙްމަދު އަދީބު ޢަބްދުލްޣަފޫރު މ. ލޭންޑް އޮފް ގާރޑެން،އަޙްމަދު އިޝްފާޙް ޢަލީ މ. ސެސް...