ފޮރެސްޓުން ބޮޑު މޮޅެއް ހޯދައި އާސެނަލްއާއި އަރާ ހަމަކޮށްފި
އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ނޮޓިންހަމް ފޮރެސްޓާއި ބްރައިޓަން ބައްދަލުކުރި މެޗު ބޮޑު ތަފާތަކުން ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ ތިންވަނައަށް ފޮރެސްޓް ޖެހިލައިފިއެވެ. އަމިއްލަ ދަނޑުގައި ފޮރެސްޓުން ވަނީ 7-0 ގެ ތަފާތު ބޮޑު ނަތީޖާއިން ބްރައިޓަން ބަލިކޮށްފައެވެ. މި މޮޅާއިއެކު ފޮރެސްޓް ތިންވަނާގައި އޮތީ 24 މެޗުން 47 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނާގައި އޮތް އާސެނަލަށް 23 މެޗުން ލިބިގައި ވަނީ ވެސް 47 ޕޮއިންޓެވެ. އާސެނަލް މާދަމާރޭ އަމިއްލަ ދަނޑުގައި ނުކުންނާނީ ސިޓީއާއި ދެކޮޅަށެވެ. […]