ޑީއާރުޕީގެ ހަތަރު މިލިއަން ރުފިޔާގެ ދަރަނި ހޯދަން އެޅޭނެ ފިޔަވަޅެއް ނެތް: ކޯޓު
ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު އާމިރަށް ޑީއާރުޕީން ނުދީ އޮތް ހަތަރު މިލިއަންގެ ރުފިޔާގެ މައްސަލަ އެ ޕާޓީ އުވާލާފައި އޮތުމުން ކުރިއަށް ނުގެންދެވޭނެ ކަމަށް ސިވިލް ކޯޓުން ނިންމައިފި އެވެ. އާމިރުގެ އެއިމްސްސްޓޫޑިއޯއިން 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ދުވަސްވަރު ޑީއާރުޕީއަށް ދިން ހިދުމަތްތަކާ ގުޅިގެން އޭނާއަށް ހަތަރު މިލިއަން ރުފިޔާ ދައްކަން ޖެހޭނެ ކަމަށް ހައި ކޯޓުން ކުރިން ހުކުމްކުރި ނަމަވެސް އެ ފައިސާއެއް ނުދައްކަ އެވެ. ޑީއާރުޕީން […]