ޗައިނާއިން ގޫގުލްއާ ދެކޮޅަށް ފިޔަވަޅު އަޅައިފި
ޗައިނާއިން އެމެރިކާގެ އެމެރިކާގެ ޓެކް ކުންފުނި ގޫގުލްއާ ދެކޮޅަށް ފިޔަވަޅު އަޅައިފިއެވެ. ގޫގުލްގެ އިތުރުންވެސް އެމެރިކާއަށް ނިސްބަތްވާ އެހެން ދާއިރާތަކުގެ ކުންފުނިތަކަށް ވަނީ ފިޔަވަޅު އަޅާފައެވެ. މިގޮތުން ގޫގުލްގެ އިތުރުން، ދަނޑުވެރިކަމުގެ އާލާތްތައް އުފައްދާ ކުންފުނިތަކާއި އަދި ކެލްވިން ކްލައިން ފަދަ ފެޝަން ބްރޭންޑްތަކުގެ ވެރިފަރާތްތަކަށް އަމާޒުކޮށް ފިޔަވަޅު އަޅާފައިވެއެވެ. މި ފިޔަވަޅުތައް އަޅާފައިވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޗައިނާގެ މުދަލަށް އައު ޓެރިފްތަކެއް ތަޢާރަފުކުރުމާ ގުޅިގެނ...