މިއަހަރަކީ ނަތީޖާ ނެރުމުގެ އަހަރު: ރައީސް
މިއަހަރަކީ ނަތީޖާ ނެރުމުގެ އަހަރު ކަމަށާއި، ކުރިއަށް އޮތީ އެ މޫސުންކަމަށް ރައީސް ޑރ. މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، މިއަހަރުގެ ރިޔާސީ ބަޔާން މަޖިލީހަށް އިއްވައިދެއްވަން ފެއްޓުވުމުގެ ގޮތުން ވާހަކަފުޅު ފައްޓަވަމުންނެވެ. ރައީސް ވާހަކަފުޅު ފައްޓަވާފައި ވަނީ، ރައީސް ސުމުއްވުލްއަމީރު އަލްމަރުޙޫމު މުޙައްމަދު އަމީންދޮށިމޭނާ ކިލެގެފާނުގެ ހިކުމަތްތެރި ބަސްކޮޅަކުންނެވެ. އެއީ ހިތްވަރާއި އަޒުމާއި އެކު މަސައްކަތުގެ ނަތީޖާއާއި ހަމައަށް ވާސިލްވުމަށް ގަދައަޅައި މަސައްކަތްކުރުމަށް ހިތްވ...